English Edition
Dhivehi Edition
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) -

މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަން އެވޯޑަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފިއެވެ.

އެމްބީސީ ގެ އެވޯޑަށް ކުރިމަތިލާން ކުރިން ދިން މުއްދަތު އިއްޔެވަނީ ހަމަވެފައެވެ.

ބްރޯޑް ކާސްޓިންގ ކޮމިޝަނުން ބުނީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00 އަށް ކަމަށެވެ.

މުއްދަތު އިތުރުކުރީ އެވޯޑުގައި ހިމެނޭ ބައެއް ކެޓަގަރީތަކަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން ބައެއް ބްރޯޑްކާސްޓަރުންނަށް އެވޯޑްތަކަށް ކުރިމަތިލާން ހުރަސްތަކެއް ހުރި ކަމަށް ފާހަގަކުރެވިގެން ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

އެވޯޑް ދިނުމުގައި މި ފަހަރު އަމަލުނުކުރަން ނިންމާފައިވަނީ “މޯލްޑިވްސް ބްރޯޑްކާސްޓިންގ އެވޯޑު ދިނުމުގެ އުސޫލު”” ގެ 7 ވަނަ މާއްދާއަށެވެ.

ބްރޯޑްކޮމް އެވޯޑްގައި މައިގަނޑު ތިން ދާއިރާއަކުން އެވޯޑަށް ކުރިމަތިލާން ވަނީ ހުޅުވާލާފައެވެ.