English Edition
Dhivehi Edition
2021 ވަނަ އަހަރު ބޭއްވި ބްރޯޑްކާސްޓާސް ފޯރަމް ފޮޓޯ: ބްރޯޑްކާސްޓިންގ ކޮމިޝަން

“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑުގެ” މީޑިއާ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދުމަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ، ދިވެހި ރާއްޖޭގައި ބްރޯޑްކާސްޓް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކޮމިޝަނުން “މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑް” ގެ ނަމުގައި އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން މި އެވޯޑުގެ އެންމެހައިކަންކަމުގެ މީޑިއާ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ނެރެމުންދާ އެ ކޮމިޝަންގެ ލައިސަންސްގެ ދަށުން ބްރޯޑްކާސްޓްކުރާ ފަރާތަކަށް ނިސްބަތްނުވާ، އޮންލައިން މީޑިއާ ފަރާތްތަކުން 19 އެޕްރީލް 2022 ވާ އަންގާރަ ދުވަހު މައުލޫމާތު ސާފުކޮށް، 24 އެޕްރީލް ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ އެދިފައެވެ.

ޓްރަސްޓް ފަންޑެއް ގާއިމްކޮށް، “ބްރޯޑްކާސްޓް އެވޯޑް” ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމާފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ޓްރަސްޓް ފަންޑެއް ގާއިމްކޮށްފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް މަގުފަހިކުރުމަށާއި ބްރޯޑްކާސްޓަރުންނަށް މާލީ އެހީ އާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.