އިމާމުންނާއި ޚަޠީބުން ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ލަސްތަކެއްނުވެ ފައްޓަވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުންނާއި ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ ކޯސްތަކާއި ތަމްރީނުތައް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ތަމްރީނުތަކުގައި ބައިވެރިވާ މީހުން ގާބިލް ބަޔަކަށް ހެދުން ކަމަށެވެ. އަދި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ރާއްޖެއިން ބޭރުން ފުރުސަތު ދެވޭ މީހުން ހޮވާއިރު ރާއްޖޭގައި ހިންގާ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވާ މިންވަރަށް ބެލޭނެކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މާމުންނާއި ހަތީބުންނަކީ ރައްޔިތުން ބަލައިގަންނަ ބަޔަކަށް ހަދަން ސަރުކާރުން ބޭނުވާ ކަމަށާއި އެހެންކަމުން އެ މީހުންނަަށް މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ކަމަށެވެ، އިމާމުންނާއި ހަތީބުންނަކީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާ ބައެއްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މި ތަމްރީނުތަކުގެ ބޭނުމަކީ އެ އިމާމުންނާއި ހަތީބުންނަކީ ރަނގަޅު ގާބިލް ބަޔަކަށް ހެދުން ކަމަށެވެ.
މިސްކިތަކީ މުގައްދަސްތަނަކަށްވާއިރު އާންމުން، އިމާމެއްގެ ކިބައިން ފެންނަން ބޭނުން ނުވާ ނުވަތަ އިމާމަމަށްވާތީ ބަލައިނުގަންނަ ކަންކަމުން ދުރުހެލިވުމަށް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.