English Edition
Dhivehi Edition

ޒުވާނުން އިސް ނަގައިގެން “މަގޭ ނަބިއްޔާ” ނަމުގައި، މާލޭގައި ސައިކަލް ބުރެއް ބާއްވަން ނިންމައިފިއެވެ.

މިއަދު ހަވީރު 16:00 ގައި ރަސްފަންނު ސަރަހައްދުން ފެށުމަށް ހަމަޖެހިފައިވާ މި ސައިކަލް ބުރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް މި ސައިކަލް ބުރު އިންތިޒާމު ކުރާ ފަރާތުން ވަނީ އެދިފައެވެ.

މާލޭގައި މިއަދު ކުރިއަށް ގެންދާ ސައިކަލް ބުރު މި ބާއްވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސް ބަޔަކު ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމާ ގުޅިގެން އިސްލާމީ ގިނަ ގައުމުތަކުން އެ ކަން ވަރަށް ބޮޑަށް ކުށްވެރިކޮށް، އިހްތިޖާޖުކުރަމުން ދާ ދަނޑިވަޅެއްގައެވެ.

ކީރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކޮށްފައި ވަނީ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ އާއި ވެރިރަށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލްއެވެ.