English Edition
Dhivehi Edition

ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ ދީނީ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއިވެސް މުޅިން ދެކޮޅު ކަމެއްކަމަށް ރަޝިޔާގެ ރައީސް ވުލަޑުމީރު ޕުޓިން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރަހައި ހަޖޫޖެހުމަކީ ޚިޔާލު ފާޅުކުރުމާއި ދީނީ މިނިވަންކަމުގެ ތެރޭގައި ހިމެނޭނެކަމެއް ނޫންކަމަށެވެ. ފަދަ ދަށު ދަރަޖައިގެ ޢަމަލުތަކުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ނުފަރަތު އުފެދި މަޞްލަޙަތު ގެއްލޭ ކަންކަން ކުރިމަތިލާން ޖެހޭނެކަމަށް ޕުޓިން ވިދާޅުވެފައެވެ.

ކާޓޫނު ކުރަހައިގެން ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާ ރައީސް ޕުޓިން ވަނީ ޚިޔާލު ފާޅުކުރުމަކީ ބައެއްގެ ހިތުގައި ޖައްސުވައި އެ މީހުންނަށް އިޚްތިރާމު ނުކުރުންކަމަށް ޤަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ.

ރަޝިޔާއަކީ ތަފާތު ދީންތަކަށް ނިޞްބަތްވާ މީހުން ދިރިއުޅޭ ޤައުމެއްކަން ފާހަގަކޮށް ރައީސް ޕުޓިން ވިދާޅުވީ އެ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެ މީހުންނަށް އިޚްތިރާމުކުރުމަކީ ރަޝިޔާގެ ކުރިއެރުމަށް ލިބޭ ބޮޑު ބާރެއްކަމަށެވެ.