English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައާއި ގުޅިގެން އިތުރު ކުއްޖަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދީ، މަރާލާފައިވަނީ ސ،ފޭދޫ ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21 އެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ މި މައްސަލަ އާއި ގުޅިގެން ރޭ ކޯޓު އަމުރެއްގެ ދަށުން އުމުރުން 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން މި މަހުގެ 05 ވަނަ ދުވަހުގެ ރޭ ވެސް ވަނީ 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން ރަށު ތެރޭގެ އަމާންކަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި 18 އަހަރުގެ ދެ މީހަކާއި، 29 އަހަރުގެ މީހަކުވެސް ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ، އެ މާރާމާރީއާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޓެގު