English Edition
Dhivehi Edition
މާލޭ ލޯކަލް މާރުކޭޓު - ފޮޓޯ: ދަ ލޭޒިންގ ވޮންޑަރަރ

އާމްދަނީ ލިބޭނެ އިތުރު ގޮތެއް ނެތި ރާއްޖޭގެ ގިނަ ރައްޔިތުން ބަނޑަށްޖެހިދާނެތީ ކަންބޮޑުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އަދިިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ތަކެތީގެ އަގު އުފުލުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އާދަމް ޝަރީފް ވިދާޅުވީ ތަކެތީގެ އަގުތަށް ރާއްޖޭގައި ކުއްލިއަކަށް އަތް ނުފޯރާ ހިސާބަށް ދާއިރު އާމްދަނީއެއް ލިބޭނެ ގޮތެއް ނެތްކަމަށެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވަނީ ސަރުކާރުގެ ކުންފުނިތަކުން އާންމު ދިރިއުޅުމަށް ބޭނުންވާ މުދަލުގެ އަގު ކުޑަކުރުމަށް ގޮވާލާފައެވެ.

ރާއްޖޭގައި ވިއްކާ ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލިފައިވާއިރު، އާންމު ރައްޔިތުންވެސް އަންނަނީ ތަކެތި އަގު ބޮޑުވުމުގެ ޝަކުވާތައް ކުރަމުންނެވެ.

މި ގޮތުން މިފްކޯ އިން ވިއްކާ މަސް ކޭހަކުން 150 ރުފިޔާ ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން މޯލްޑިވިއަން ވެސް ޓެކެޓްގެ އަގު ބޮޑުކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ މިއީ ބޮޑު ކުރި ޓީޗަރުންގެ މުސާރައާއި އެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރަމުން އަންނަ ކަމެއްކަމުގައި ތުހުމަތުކޮށްފައެވެ.