English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އައްޑޫ ސިޓީގެ މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ.

“އެންމެ ގާތުން” ކެމްޕެއިންގައި އެކަމަނާ އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރަދޫފޭދޫގެ ޒުވާނުންނާއި އަންހެނުންގެ ޖަމިއްޔާގެ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުންގެ އިތުރުން އިސްރަށްވެހީންނާއި ޕީޕީއެމްގެ ސަޕޯޓަރުންނާ އެކަމަނާ ވަނީ މިއަދު ބައްދަލުކުރައްވާފައެވެ.

އައްޑޫ ސިޓީއަށް އެކަމަނާ ކުރައްވާ މިދަތުރުފުޅަށް ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު، އެކަމަނާ ވަނީ އިއްޔެ ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

އެ ކެމްޕެއިންގެ ދަށުން މެޑަމް ފާތުން އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

“އެންމެ ގާތުން” ކެމްޕެއިނަކީ އަތޮޅު ތެރޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ޙާލު ބައްލަވާ އެރައްޔިތުންގެ ކަންބޮޑުވުންތައް އެއްސެވުމުގެ މަޤްޞަދުގައި މެޑަމް ފާތުން ކުރިއަށް ގެންދަވާ ހާއްސަ ކެމްޕެއިނެކެވެ.