English Edition
Dhivehi Edition

އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެކުއްޖާގެ ކާފަ ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 68 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 03 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެމައްސަލައިގައި 68 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ދައުވަ ކުރުމަށްޓަކައި މިއަދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ކަމަށެވެ.

ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ މިހާދިސާ ހިނގި ރަށެއް ފުލުހުން ހާމަކޮށްފައެއް ނުވާއިރު، ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނެނީ މ.އަތޮޅާއި، ފ.އަތޮޅާއި، ދ.އަތޮޅާއި ތ.އަތޮޅާއި ލ.އަތޮޅެވެ.