English Edition
Dhivehi Edition

މާލޭސިޓީ ކައުންސިލުން ޕާކިންގ ސްލޮޓް ތަކަށް ނަގާ މަހު ފީއަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް އެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ލޭސިޓީ ކައުންސިލުން ޕާކިންގ ސްލޮޓް ދޫކުރަމުން ދިޔައިރު ކޮވިޑްގެ ޙާލަތާ ގުޅިގެން އަގަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. ނަމަވެސް ޙާލަތު ބަދަލުވުމާއި ގުޅިގެން 27 އޭޕްރީލް 2022 ގައި ބޭއްވި މާލޭ ސިޓީކައުންސިލްގެ 47 ވަނަ ޢާއްމު ޖަލަސާގައި މަޝްވަރާކުރުމަށްފަހު ލޭގެ އެކި ސަރަހަށްދުން އެކިފަހަރުމަތިން އެކިފަރާތްތަކަށް ކުއްޔަށް ދޫކުރާ ޕާރކިންގ ސްލޮޓްތަކަށް މިހާރު ނަގަމުން އަންނަ ފީ އަށް ބަދަލުގެނައުމަށް ނިންމާފައިވާކަމަށެވެ.

މިގޮތުން މީގެ ކުރިން ޕްރައިވެޓް ކާރުތަކުން، މީލާދީ ކޮންމެ މަހަކަށް ނަގަމުން އަންނަ 1000 ރުފިޔާ 1 ޖޫން 2022 ން ފެށިގެން މީލާދީ ކޮންމެ މަހަކަށް =/1500ރުފިޔާއަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ޓެކްސީ (4 ފުރޮޅުލީ ރީނދޫބޯޑު ޖެހި ވެހިކަލްތަކުން) މިހާރުވެސް ނަގަމުން އަންނަ 750 ރުފިޔާ، ނަގާ ގޮތަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ސޮއިކުރެވޭ އެއްބަސްވުން ތަކުގެ ދަށުން ދޫކުރެވޭ ޕާރކިންގ ސްލޮޓް ތަކަށާއި، މުއްދަތު އިތުރު ކުރެވޭ އެއްބަސްވުން ތަކުގެ ދަށުން ދޫކުރެވޭ ޕާރކިން ސްލޮޓްތަކުގެ އަގު ނެގުމާމެދު މާލޭސިޓީ ކައުންސިލްގެ ޢާއްމު ޖަލަސާއިން ނިންމި ގޮތުގެ މަތިން 1 ޖޫން 2022 ން ފެށިގެން އަގު ނަގަމުން ގެންދާނެކަމަށެވެ.