English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަތުން 3-2 އިން މޮޅުވެ މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޕްރިމިއާ ލީގުގެ ފަހު މެޗުތަކަށް ރޭ ސިޓީ އަދި ލިވަޕޫލް ނިކުތްއިރު، މި ދެޓީމުވެސް އޮތީ ވަރަށް ވާދަވެރި ކޮށެވެ. ދެ ޓީމުގެ މެދުގައި އޮތީ ޕޮއިންޓެއްގެ ތަފާތެވެ. އެގޮތުން ރޭ އެސްޓަން ވިލާ އަތުން ސިޓީ ބަލިވިނަމަ ލީގު ޗެމްޕިއަންކަން ލިބިގެންދާނީ ލިވަޕޫލަށެވެ.

ސިޓީން ރޭގެ މެޗުގައި މޮޅުވެ، ލީގު ކަށަވަރު ކުރީ އެއް ޕޮއިންޓުގެ ފަރަގުންނެވެ. ރޭގައި ސިޓީން ލީގު ޗެމްޕިއަންކަން ހޯދިއިރު މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައި އެޓީމު ލީގު ޗެމްޕިއަންކަން ހޯދި އަށް ވަނަ ފަހަރެވެ.

ސިޓީ ލީގު އެއް ވަނައިގައި އޮތީ ކުޅުނު 38 މެޗުން ލިބުނު 93 ޕޮއިންޓާ އެކު އެވެ.

ލިވަޕޫލަށް ލީގުގެ ދެ ވަނަ ލިބުނީ ކުޅުނު 38 މެޗުން ލިބުނު 92 ޕޮއިންޓާއި އެކުގައެވެ. ލީގުގެ ތިންވަނަ ޗެލްސީއަށް ލިބުނުއިރު އެޓީމު ތިން ވަނަ ލިބުނީ ކުޅުނު 38 މެޗުން ލިބުނު 74 ޕޮއިންޓާއި އެކުގައެވެ. ހަތަރު ވަނަ ލިބުނީ ޓޮޓެންހަމް އަށެވެ. އެޓީމަށް ހަތަރު ވަނަ ލިބުނީ ކުޅުނު 38 މެޗުން 71 ޕޮއިންޓް ލިބިގެންނެވެ. ޓޮޓެންހަމް އަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިފައެވެ.

ފަސްވަނަ ލިބުނު އާސެނަލް އާއި ހަވަނަ ލިބުނު ޔުނައިޓެޑް އަންނަ ޒީޒަނުގައި ފެނިގެން ދާނީ ޔޫރޮޕާ ލީގުންނެވެ.