English Edition
Dhivehi Edition
މީގެ ކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތި

ވައިގެ މަގުން ރާއްޖެ އެތެރެކުރި ދިހަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި އަތުލައިގަތީ މިމަހުގެ 11 ވަނަ ދުވަހު ބްރެޒިލް އިން ރާއްޖެ އައި އެމެރިކާގެ ރައްޔިތެއްގެ އަތުންކަމަށެވެ. ބަރުދަނުގައި ޖުމުލަ 2.064 ކިލޯ ހުރި އެތަކެތި އަތުލައި ގަތީ އޭނާ އާއި މެދު ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައިކަަމަށް ކަސްޓަމުން ވަނީ ބުނެފައެވެ،

ކަސްޓަމްސް އިން ބުނީ އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު ކޮކެއިން އަށް ޕޮޒިޓިވްވިކަމަށެވެ.

ފަހަކަށް އައިސް ރާއްޖެއަށް ވައިގެ މަގުން އެތެރެ ކުރާމަސްތުވާތަކެތި އަތުލައިގަންނަ ނިސްބަތް ވަނީ އިތުރުވެފައެވެ، މި ގޮތުން މިމަހުގެ 7 ވަނަ ދުވަހު ރާއްޖެ އެތެރެ ކުރަން އުޅުނު ފަސް ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު މިމަހުގެ 8 ވަނަ ދުވަހު ވައިގެ މަގުން އެތެރެ ކުރަން އުޅުނު 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތިވެސް ކަސްޓަމުން ވަނީ އަތުލައިގެންފައެވެ.