English Edition
Dhivehi Edition
ފޮޓޯ: މިހާރު

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ ގެކޮޅަށާއި ޕީޕީއެމްގެ އޮފީހުގެ ފާރަށްސްޕްރޭ ކުރި މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ކުރީގެ ރައީސް ޔާމީންގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ސްޕްރޭކޮށް ގެއްލުން ދީފައިވާ މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ފިރިހެނަކު އިއްޔެ ހެނދުނު ހައްޔަރުކޮށްފައިވާކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ފަސް ދުވަހު ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

މި މަހުގެ 12 ވަނަ ދުވަހު ރައީސް ޔާމީންގެ ގެކޮޅަށާއި ޕީޕީއެމްގެ އޮފީހުގެ ފާރަށް ސްޕްރޭ ޖަހާފައިވަނީ އިންޑިއާ އައުޓް ކެމްޕެއިނާއި ދެކޮޅަށް މާލޭގައި މުޒާހަރާކޮށް، ރައީސް ޔާމީންއަށް އިންޒާރުދިނުމަށް ފަހުއެވެ.

ހ. ދޫވެހި ގޭގެ ދޮރަށާއި ގަރާޖު ގޭޓަށް ކަޅުކުލައިގެ ސްޕްރޭކޮށްފައިވާއިރު އެ އިމާރާތުގެ މަގުމައްޗަށް، ޔާމީނަށް ”ވަގަށް ގޮވާފައިވާ” ކަރުދާސްތަކަކާއި އެ މަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާފައިވާ ކަރުދާސްތަކެއް ވެސް ވަނީ އަޅައިފަ އެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ މިކަން ކުށްވެރިކޮށް މި މައްސަލަ ތަހުގީގުކޮށް ދިނުމަށް ގޮވާލާފައެވެ.