English Edition
Dhivehi Edition

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގެ ވޯޓު އަލުން ގުނުމުންވެސް، ކާމިޔާބު ލިބުނީ ޕީޕީއެމް ކެންޑިޑޭޓަށްކަމަށް އެ ޕާޓީން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ފާތިމަތު ނާޒިމާ ވާދަކުރި އިރު އެމްއެންޕީގެ ފަރާތުން ވާދަކޮށްފައިވަނީ އާމިނަތު ޝީޒާއެވެ.

ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަން ވޯޓު އަލުން ގުނައިދޭން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން އީސީއަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ ރޭ ވިލިމާލެ މުހިއްޔުދީން ސްކޫލްގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށި ކަނޑައި، ވޯޓު ގުނި ވަގުތު ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ ހުށަހެޅުނު ދެ ވޯޓު ކަރުދާސް ޗެކް ކޮށްފައެވެ.

ޕީޕީއެމް އިން ބުނީ މުހިއްޔުދީން ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ދެ ވޯޓު ކަރުދާސް ޗެކް ކުރުމުންވެސް ކާމިޔާބު ލިބުނީ އެ ޕާޓީގެ ކެންޑިޑޭޓަށް ކަމަށެވެ.

މި އިންތިހާބުގައި ނާޒިމާއަށް ލިބިފައިވަނީ 359 ވޯޓެވެ. އަދި ޝީޒާއަށް ލިބިފައިވަނީ 358 ވޯޓެވެ.