English Edition
Dhivehi Edition

ތަމަޅަ އެކްޓްރެސް ސަހާނާ މަރުވި ގޮތާ މެދު ޝައްކުތަކެއް އުފެދި, އެ މައްސަލައިގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފިއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ސަހާނާ ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ އޭނާގެ ގޭގެ ކުޑަދޮރުގައި ވާގަނޑެއް އައްސައިގެންނެވެ. ސަހާނާގެ 21 ވަނަ އުފަންދުވަހު، އޭނާ މަރުވީ އަމިއްލައަށް ކަމަށް ފުރަތަމަ ރިޕޯޓް ކުރިޔަސް، އޭނާގެ މަންމަ ވަނީ ސަހާނާ އަމިއްލައަށް މަރުނުވާނެކަމަށް ބުނެފައެވެ. އަދި 21 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ސަހާނާގެ މަންމަގެ ގެއަށް ދާނެކަމަށް ބުނެފައިވާކަމަށްވެސް އޭނާގެ މަންމަވަނީ ބުނެފައެވެ،

ސަހާނާގެ އާއިލާ އިން ތުހުމަތުކުރަނީ ފިރިމީހާ އޭނާ މަރާލީ ކަމަށެވެ. ސަހާނާގެ ފިރިމީހާ އަކީ އެއްވެސް މަސައްކަތެއް ކުރާ މީހެއް ނޫނެވެ. ސަހާނާގެ މަންމަ އާއި ހަވާލާދީ އިންޑިއާގެ މީޑީއާތަކުން ބުނެފައިވަނީ ސަހާނާގެ ފިރިމީހާ، އޭނާގެ އަތުން ގަދަ ކަމުން ފައިސާ އަތުލާކަމަށެވެ.

މި ގޮތުން ދާދި ފަހުން މޮޑެލްކޮށްގެން ސަހާނާއަށް ލިބުނު ޗެކެއް ނުދީގެންވެސް އޭނާ މަރާލާނެކަމުގެ އިންޒާރު ފިރިމީހާ ދީފައިވާކަަމަށް ސަހާނާގެ މަންމަ ވަނީ ބުނެފައެވެ.

މީގެ އިތުރުން ސަހާނާގެ އާއިލާއިން ބުނީ، އެ ފިރިހެން މީހާއަށް ސަހާނާއަށް ވަރަށް އަނިޔާކުރާކަމަށާއި ކާން ނުދީ ބަނޑަށްވެސް ބަހައްޓާކަމަށެވެ.