English Edition
Dhivehi Edition
އައިޖީއެމްއެޗް/ފޮޓޯ ޕީއެސްއެމް

ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކަށް އައި.ޖީ.އެމް.އެޗްގެ އެކި ޑިޕާޓްމަންޓުތަކުގެ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ.

އައިޖީއެމްއެޗުން ބުނީ މެއި 2022 އިން އޭޕްރިލް 2023 ގެ ނިޔަލަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިޕްރޮގްރާމްގައި އައި.ޖީ.އެމް.އެޗްގެ 6 ޑިޕާޓްމަންޓު ހިމެނޭހެން ޑޮކްޓަރުންނާއި މުވައްޒަފުން ޒިޔާރަތް ކުރާނެ ކަމަށެވެ.

އެގޮތުން ހިތުގެ ބަލިތަކަށް ޚާއްޞަ، ކެންސަރު ބައްޔަށް ޚާއްޞަ، ރޭޑިއޯލޮޖީ، ކަށީގެ ބަލިތަކަށް ޚާއްޞަ، އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ އަދި ކުޑަކަމުދާ ނިޒާމާއި ބެހޭ ޑިޕާޓްމަންޓްގެ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ފޮނުވުމަށް ރޭވިފައިވާ ކަމަށް ބުންޏެވެ.

މި ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، އަދި ގަން ރީޖަނަލް ހޮސްޕިޓަލް ހިމެނޭހެން ޖުމްލަ 6 ރީޖަނަލް ހޮސްޕިޓަލަށް ކަމަށް ވެސް ބުންޏެވެ.

މިގޮތުން މެއި 2022 ގައި އައި.ޖީ.އެމް.އެޗްގެ އެކި ޑިޕާޓްމަންޓުތަކުގެ މުވައްޒަފުން ޒިޔާރަތްކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި މިމުވައްޒަފުން ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވާނެ ދުވަސްތައް ތިރީގައިވާ ތާވަލާއި އެއްގޮތަށް ހަމަޖެހިގެންދާނެއެވެ.

ހޮސްޕިޓަލް ތާރީޚް ޑިޕާޓްމަންޓު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް 16،15،14 މެއި 2022 ހިތުގެ ބަލިތަކަށް ޚާއްސަ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް 21،20،19 މެއި 2022 ކެންސަރުގެ ބަލިތަކަށް ޚާއްސަ
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް 24،23،22 މެއި 2022 ރޭޑިއޯލޮޖީ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް 25،24،23 މެއި 2022 ކަށީގެ ބަލިތަކަށް ޚާއްސަ
އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް 30،29،28 މެއި 2022 އެތެރެހަށީގެ ބަލިތަކަށް ޚާއްސަ