English Edition
Dhivehi Edition

ކުޅިވަރު ކުޅޭނެ ސާމާނުތަކެއް އައްޑޫސިޓީގެ ސްކޫލްތަކަށް ރާއްޖޭގެ މަހާރެހެންދި ފާތިމަތު އިބްރާހީމް މިއަދު ހަދިޔާ ކުރައްވައިފިއެވެ.

ސްކޫލްތަކަށް އެހަދިޔާ އެކަމަނާ ހަވާލު ކޮށްދެއްވީ އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު 19 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަޓީމާއި އައްޑޫއިން ހޮވައިލެވުނު 19 އަޖަރުން ދަށުގެ ޓީމުގެ ކުޅުން މެދަށް ހުއްޓާލި ވަގުތުގައެވެ. އެ ސާމާނުތަކާ ސްކޫލްތަކުން ހަވާލުވީ އެ ސްކޫލެއްގެ ޕްރިންސިޕަލެވެ. އެ ސާމާނު ހަވާލުކޮށް ދެއްވީ މަހާރެހެންދިއެވެ.

ކުޅިވަރު ސާމާނުތަކުގެ ތެރޭގައި ފުޓުބޯޅައާއި އަދިވެސް އެފަދަ ސާމާނު ހިމެނެއެވެ.

މެޑަމް ފާތުން އައްޑޫސިޓީއަށް ކުރައްވަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ހިތަދޫގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވަވާ ފައެވެ. މި ބައްދަލުކުރެއްވުން ބާއްވައިފައިވަނީ މިއަދު ހެނދުނު އެމްއާރުޑީސީ ހިތަދޫ ސައިޓް އޮފީހުގައެވެ. މިއީ އެކަމަނާ އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫ ރައްޔިތުންގެ ހާލު ބެއްލެވުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ހިތަދޫގެ ގިނަމީހުންވަނީ ބައިވެރިވެފައެވެ. އެކަމަނާ ބައްދަލު ކުރެއްވި މީހުންގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އިސްރަށްވެހިންނާއި، އަންހެނުންނާއި މުއައްސަސާތަކުގެ ވެރިން ހިމެނެއެވެ. ރައީސް ޔާމީންގެ އަނބި ކަނަބަލުން އައްޑުއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ މަގުސަދަކީ އައްޑޫ ރައްޔިތުންގެ ހާލު ގާތުން ބެއްލެވުމެވެ.