English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ވިލިމާލެ ފެރީއެއް ދަތުރުކުރަނީ - ފޮޓޯ: މިހާރު

ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ އާންމު ގޮތެއްގައި 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުނުނަމަވެސް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ސަރަހައްދުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި ކުރިޔަށް އޮތް ހަފްތާގައި ވެސް ރާއްޖޭގެ މޫސުން ގޯސްވާނެއެވެ. އަދި ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި، ގުގުރާ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.