English Edition
Dhivehi Edition

ދިވެހި ބަސް ހިމެނޭގޮތަށް އިތުރު ބަސްތަކެއް ގޫގްލް ޓްރާންސްލޭޓުގައި ހިމަނައިފިއެވެ.

އެގޮތުން 24 ބަހެއް ހިމަނާފައިވާކަން ގޫގްލް އިން ބުނިނަމަވެސް ބައެއް ކަސްޓަމަރުންނަށް ޚިދުމަތް ލިބިގަތުމުގައި ދަތިތަކެއް ހުރެދާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ވީހާވެސް އަވަހަކަށް އެކަން ހައްލުކުރާނެ ކަމަސް ވަނީ ބުނެފައެވެ.

އަލަށް އިތުރު ކުރި ބަސްތަކުގެ ތެރެއިން 10 ބަހަކީ އެފްރިކާގެ ގައުމުތަކުގައި ބޭނުން ކުރާ ބަސްތަކުގެ ތެރޭގައި ބަސްތަކެވެ. އެގޮތުން ލިންގާލާ، ޓްވީ އަދި ޓިގްރިންޔާ ބަސް ހިމެނެއެވެ. އަދި އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ބަހުގެ ގޮތުގައި އަލަށް ޓްރާންސްލޭޓުގައި ހިމަނާފައިވަނީ އިންޑިއާ، ނޭޕާލް އަދި ފިޖީގެ ބައެއް މީހުން ވާހަކަދައްކާ ދޯޖްޕޫރީ ބަހެވެ. އެބަހުން ވާހަކަ ދައްކާ 50 މިލިއަންގެ އާބާދީއެއް އޮވެއެވެ.

އެ ކުންފުނިން ބުނީ ދުނިޔޭގައި މީހުން ވާހަކަދައްކާ އުޅޭ 7،000 ވުރެ ގިނަ ބަސްތައް ހުރުމުން އެ ހުރިހާ ބަހެއް ގޫގުލް ޓްރާންސްލޭޓްގައި ހިމެނުމަކީ އަމާޒެއް ކަމަށެވެ.

އަލަށް އިތުރުކުރި 24 ބަހަކީ 300 މިލިއަނަށް ވުރެ ގިނަ މީހުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްތައް ކަމަށާއި އިތުރު ކުރި ބަސްތަކާއިއެކު މިހާރު ގޫގުލް ޓްރާންސްލޭޓްގައި ޖުމްލަ 133 ބަހުން ޓްރާންސްލޭޓް ކުރެވޭނެ ކަމަށް ގޫގްލް އިން ބުނެއެވެ.