English Edition
Dhivehi Edition
ގެއްލިގެން ހޯދަމުންދާ ސައީދު -- ފޮޓޯ/ސޯޝަލް މީޑިއާ

ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.

ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށް، ގެއްލުނީ އެ ރަށުގެ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ މުހައްމަދު ސައީދެވެ.

ސައީދު ހޯދަން ކަނޑުގެ 55 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި

އެމްއެންޑީއެފް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ފުވައްމުލަކު ނެރުކައިރިއަށް ޑައިވްކުރަނިކޮށް ގެއްލުނު މުޙައްމަދު ސަޢީދު ހޯދުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށެވެ.

މުޙައްމަދު ސަޢީދު ހޯދުމަށް ކޯސްޓްގާޑުގެ ސިފައިން ވަނީ ހަތް ދުވަހުގެ ތެރޭގައި، ވައިގެ މަގުން 2960 ސްކެއަރ މޭލު، ކަނޑުގެ މަގުން (ސާރފޭސް ސަރޗު) 760 ސްކެއަރ މޭލު އަދި ކަނޑުގެ އަޑިން 1000 މީޓަރުގެ (ފުންމިން 85 މީޓަރު) ސަރަހައްދެއް ބަލާފައެވެ.