English Edition
Dhivehi Edition
ގެއްލިގެން ހޯދަމުންދާ ސައީދު -- ފޮޓޯ/ސޯޝަލް މީޑިއާ

ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެންނަކަމަށާއި އޭނާ ހޯދުމަށް ކަނޑުގެ 55 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށް، ގެއްލިގެން ހޯދަނީ އެ ރަށުގެ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ މުހައްމަދު ސައީދެވެ. ސައީދު އާއި އެކު ޑައިވީނަށް ފޭބި ދެވަނަ މީހާގެ ހާލު ދެރަވެ، ކަންޑިންމަ މޯލްޑިވްސް ރިސޯޓުގެ ޗެމްބާގައި އަންނަނީ ފަރުވާ ދެމުންނެވެ،

ފުވައްމުލައް ސިޓީ ކައިރިން ޑައިވިނަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި

އެމްއެންޑީއެފް އިން ބުނީ އިއްޔެ އާއި މިއަދުވެސް މްއެންޑީއެފްގެ ދެ ހާބާ ކްރާފްޓް ބޭނުން ކޮށްގެން ސައީދު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ، އަދި މްއެންޑީއެފް ޑޯނިއާ ފްލައިޓް ވެސް އޮޕަރޭޝަންގައި ބައިވެރި ވުމަށްޓަކައި ސައިޓަށް ދަތުރު ކުރަމުން އަންނަ ކަމަށާއި ސައީދު ހޯދުމުގެ މަސައްކަތުގައި ފުވައްމުލަކު ސިޓީގައި ޑައިވަރުން ވެސް ބައިވެރިވަމުން އަންނަކަމަށެވެ،

ސައީދު އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓެކެވެ. އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް އޭނާގެ ޚަބަރެއް ވޭތޯ ބަލައިދޭން އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.