English Edition
Dhivehi Edition

މިއަހަރުގެ ފިޠުރު ޢީދު ފާހަގަކުރަމުންދާއިރު، ޢީދުގެ ފޮޓޯއެއް ޝެއަރކޮށްގެން އުރީދޫ މޯލްޑިވްސްގެ ގިވްއަވޭ ގިފްޓެއް ހޯދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މި ގިފްޓް ޕެކް ހޯދުމަށް މާބޮޑުކަމެއް ކުރަން ނުޖެހޭނެ ކަމަށެވެ. ހަމައެކަނި ކުުރަންޖެހޭނެ ކަމަކީ ޢީދު ފާހަގަ ކުރާ ފޮޓޯ އުރީދޫއަށް ޓެގްކޮށް #EidMajaa ހޭޝް ޓެގް ބޭނުންކޮށް ޝެއަރ ކުރުމެވެ.

ފޮޓޯ ޝެއަރ ކުރުމުގެ ސުންގަޑިއަކީ 8 މެއި ގެ 23:59 އެކެވެ.

ރަމަޟާން ގިފްޓް ޕެކްގެ ގޮތުގައި އުރީދޫއިން މިއަހަރު ދެނީ ކަނޑޫދޫ މިރުސް ސޯސް ޕެކެކެވެ.

ރާއްޖޭގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ކަނޑޫދީ މިރުހުގެ ސޯސްޕެކް ހަދައި، އުރީދޫއިން މިކަން ކުރަމުން ގެންދަނީ ކަނޑޫދޫ ދަންޑުވެރިންނަށް މިރުސް ވިއްކުމުގައި އެހީތެރިވެދިނުމުގެ ގޮތުންނެވެ.

ކަނޑޫދޫ މިރުސް ސޯސް އަކީ މަރޗް މަހު އުރީދޫ އިން ބުރޭންޑެއްގެ ގޮތުގައި ތައާރަފުކޮށް މާކެޓަށް ނެރެފައިވާ ސޯސް ޕެކެކެވެ.