English Edition
Dhivehi Edition
ސްޕެޝަލް އޮލިމްޕިކްސް- ވަރލްޑްގޭމްސް 2019 ގައި ދިވެހިރާއްޖެ ތަމްސީލުކުރި ޓީމާ، ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމުގެ ތެރެއިން

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް) އިން ބާއްވާ ދުވުމުގެ (ޔުނިފައިޑް ރަން) ގެ ޓީޝާޓް ޑިޒައިން ކުރުމަށް ޢާންމުކޮށް ހުޅުވާލައިފިއެވެ.

އެސްއޯއެމް އިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ އިޢުލާނެއްގައި ވަނީ މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ޓީޝާޓް ޑިޒައިން މެއިލް ކުރެއްވުން އެދޭ ކަމަށެވެ. އަދި މިއީ ހިލޭ ސާބަހަށް ކުރާ މަސައްކަތެއް ކަމަށް ވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުވާނަމަ އެސް-އޯމޯލްޑިވްސްގެ ޓެކްނިކަލް / ސްޕޯޓްސް ޑިރެކްޓަރ އިބްރާހީމް ރަމީޒް 7776863 އާ ގުޅުމަށް އެދޭ ކަމަށާއި ޑިޒައިންގައި ރަތް، ހުދު އަދި ނޫ ކުލަ ބޭނުން ކުރުމަށް އިސްކަންދިނުމަށް ވެސް އެސްއޯއެމް އިންވަނީ އެދިފައެވެ.