English Edition
Dhivehi Edition

ފުވައްމުލައް ސިޓީ ކައިރިން ޑައިވިނަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަނީ ދިވެއްސެއް ކަމަށާއި އެއީ ފުވައްމުލައް ނެރުކައިރިއަށް ޑައިވިނަށް ފޭބި މީހެއް ކަމަށެވެ.

އޭނާގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ ސްކޮޑްރަނުން ފަށާފައިވާއިރު، ގެއްލިގެން ހޯދަނީ އުމުރުން 35 އަހަރުގެ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޑައިވިނަށް ފޭބި އިތުރު މީހެއްގެ ޚަބަރެއް ނުވެގެން ހޯދަމުންދާ ކަމަށާއި އެމީހާ ލައިގެންހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.