English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ޑެޒަޓެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ފްރޯޒެން މެންގޯ ކްރީމް”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

2 ދޮން އަނބު ( ކުދިކޮށް ކޮށާފައި)

1 ޖޯޑް ލޯފެޓް ކްރީމް

1 ޖޯޑު ކާށި ހުނި

1/2 މޭޒުމަތީ ސަމުސާ ލުނބޯ ތޮށި ގާނާފައި

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ލޯފްޓްކްރީމް، ކާށި ހުނި އަދި ލުނބޯ ތޮށި ބްލެންޑަރުން ގިރާލާށެވެ. ދެން ތަށްޓެއް ނަގާފައި ތައްޔާރުކުރި ކްރީމް ލޭޔާ އެއް އެޅުމަށްފަހު މަށާފައި ޗޮޕްކޮށްފައި ހުރި އަނބު ތަށީގެ ތެރެއަށް އަޅާފައި އަނެއްކާ ކްރީމް ލޭޔާ އެއް އަޅާފައި ދެން އަނބު އަޅާފައި ތަށި ފުރެންދެން މިގޮތަށް ލޭޔާ އަޅާލާށެވެ. ފްރީޒާގައި ތަށި ބެހެއްޓުމަށްފަހު ފިނިވީމަ ސާރވް ކުރާށެވެ.