English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ޕީނަޓް ބަޓަރ ބަނާނާ ޝޭކް” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

500 އެމްއެލް ކިރު

2 ދޮންކެޔޮ

2 މޭޒުމަތީ ސަމުސާ ޕީނަޓް ބަޓަރ

2 ސްކޫޕް ޗޮކްލެޓް އައިސްކްރީމް

2 ޖޯޑު އައިސް ކިއުބް

ތައްޔާރުކުރާނެގޮތް:

ހުރިހާ އެއްޗެއް ބްލެންޑަރަށް އަޅާލުމަށްފަހު ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ދެން ތަށްޓެއް ނަގާފައި ތަށްޓަށް އެޅުމަށްފަހު ބޭނުން ނަމަ ދޮންކެޔޮ ސްލައިސް މައްޗަށް އެޅުމަށްފަހު އަދި މައްޗަށް ޗޮކޮލެޓް ސިރަޕް އަޅާފައި ގާނިޝް ކުރުމަށްފަހު ސާރވް ކުރާށެވެ.