English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ބިޝްވަޖިތު މަޒުމްދާރު ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ އިންޓަރނަލް އޮޑިޓިންގ، ބިޒްނަސް އޮޕަރޭޝަންސް އަދި ސްޓްރެޓެޖިކް ޕްލޭނިންގެ ދާއިރާއިން 35 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބިސްވަޖީތުގެ ޕްރޮފެޝަނަލް ކެރިއަރުގައި ގިނަ ބޭންކުތަކެއްގައި ޗީފް އޮޓިޑް މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން އަފްޣާނިސްތާން އިންޓަރނޭޝަނަލް ބޭންކް، ސްޓޭޓް ބޭންކް އޮފް މޮރިޝަސް، އައިއެންޖީ ބޭންކް ލިމިޑެޓް، ބެންގަލޫރު ހިމެނޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ސެންޓްރަލް ބޭންކް އޮފް އޮމާންގެ ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމު ވެސް ފުރުއްވާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ބިސްވަޖިތު ބީއެމްއެލްއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ކާބުލްގެ ޣާޒަންފަރު ބޭންކުގެ ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމުގައި ކަމަށެވެ.

ބިސްވަޖިތު ބީއެމްއެލް އާ ގުޅިވަޑައިގަތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އިންޓަރނަލް އޮޑިޓިންގ ގެ ދާއިރާއާއި ކޯޕަރޭޓް ގަވަރނަންސް، ރިސްކް މެނޭޖްމަންޓް އަދި ކޮންޕްލައަންސްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ވެސް ބިޝްވަޖިތު ހޯދާފައިވާ ކަމަށެވެ.

“ބީއެމްއެލްގެ ލީޑަރޝިޕް ޓީމާ ބިޝްވަޖިތު ގުޅިވަޑައިގަތުމާ ގުޅިގެން އޭނާއަށް ވަރަށްބޮޑަށް މަރުޙަބާ. މި މަގާމުގައި އޭނާއަށް ކާމިޔާބަށް އެދެން.” ޓިމް ވިދާޅުވިއެވެ.

ބިޝްވަޖިތަކީ އައިއައިއޭ، ޔޫއެސްއޭ އިން ސަޓިފައިޑް ޗީފް އިންޓަރނަލް އޮޑިޓަރު (ސީއައިއޭ)، އަދި އިންޑިއާގެ ނިއު ދިއްލީ ގެ އައިސީއޭއައި އިން ޗާޓަރޑް އެކައުންޓިންގ (އޭސީއޭ) ފުރިހަމަ ކޮށްފައިވާ ބޭފުޅެއް ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

މީގެ އިތުރުން ކަލްކަތާ ޔުނިވަރސިޓީން އެލްއެލްބީ ހާސިލުކޮށްފައިވާ ކަމަށާއި ޔޫއެސްއޭ އިން ސަރޓިފައިޑް އިންފޯމޭޝަން ސިސްޓަމްސް އޮޑިޓަރު (ސީއައިއެސްއޭ) އަދި ސަޓިފައިޑް ފްރޯޑް އެގްޒަމިނާ (ސީއެފްއީ) ފަދަ ގުޅުންހުރި ޕްރޮފެޝަނަލް ސެޓްފިކެޓްތައް ވެސް ބިސްވަޖިތު ހާސިލުކޮށްފައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.