English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ކާން ވަރަށް މީރު ކުކީއެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ޕާމެސަން ކުކީސް”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

3/4 ޖޯޑު ޕާމެސަން ޗީޒް ގާނާފައި

3/4 ޖޯޑު ފުށް

3/4 ޖޯޑު ބަޓަރ (ކިއުބް)

ފެން ބޭނުންވާ ވަރަށް

ތައްޔާރުކުރާނެގޮތް:

ތައްޓަކަށް ފުށް، ޕާމެސަން ޗީޒް އަދި ބަޓަރ އަޅާފައި ރަނގަޅަށް މޮޑެލާށެވެ. ދެން ފުށްގަނޑު 15-20 މިނެޓަށް ފްރިޖްގައި ބަހައްޓާށެވެ. އެއަށްފަހު ނަގާފައި ބޭނުން ޝޭޕެއްގެ ކުކީ ކަޓާއަކުން ކުކީސް ތައްޔާރު ކުރާށެވެ. ބޭނިކްގެ ޓްރޭ އެއްގައި ކުކީސް އަތުރާ ލުމަށްފަހު އަވަނަށް ލައި 180ޑިގްރީ ގައި 15-20 މިނެޓް ވަންދެން ފިހެލާށެވެ.