އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެގޮތުން ރޯދަ މަހުގެ ހަތަރުވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “ކޮންޑެންސް މިލްކް ޓްރަފްލްސް” ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
1 ގެރިކިރުދަޅު
1/4 1 ޖޯޑު ކޮކޯ ޕައުޑަރ
ތައްޔާރުކުރާނެގޮތް:
ސޯސް ޕޭން އަކަށް ގެރިކިރުއާއި ކޮކޯ ޕައުޑަރ އަޅާފައި އެއްކުރުމަށްފަހު ގުޅަހެދޭވަރަށް ގެރިކިރު އޮލަވަންދެން މަޑުގިނީގައި ދޭފަތުން ހަލުވަމުންގެންދާށެވެ. އޮލަވީމަ އުނދުންމަތިން ތަވާ ބާލާފައި ބޭނުން ސައިޒަކަށް ގުޅަ ހަދާލާށެވެ. ޑެކަރޭޓް ކޮށްލުމަށް ގުޅައިގެ ބޭރަށް ކޮކޯ ޕައުޑަރ ބުރުވާލާށެވެ. ނުވަތަ ޗޮކްލެޓް ގަނާޗް ހާކާލާފައި ސްޕްރިންކްލްސް އިން ޑެކަރޭޓް ކޮށްލެވިދާނެއެވެ.