English Edition
Dhivehi Edition

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ދެން، ސްރީ ލަންކާގެ ރަތުމަލާނަ އެއާޕޯޓަށް ކުރާ ދަތުރުތައް ފަށާނީ އެ ގައުމުގެ ހާލަތު ރަނގަޅުވުން ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

މޯލްޑިވިއަން އިން މިދިޔަ މަހު ލަންކާ ދަތުރުތައް މެދުކަނޑާލާފައިވާއިރު، މީގެ ކުރިން އައިލެންޑް އޭވިޭޝަނުން ބުނީ ހާލަތަށް ބަލައި އަންނަ މަހު ދަތުރުތައް ފަށާނެކަމަށެވެ.

އެހެންނަމަވެސް އިއްޔެ އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ލަންކާ ހާލަތު އިތުރަށް ގޯސްވަމުން ދާތީ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ މަހު އަލުން ދަތުރުތައް ނުފަށާނެ ކަމަށެވެ.އަދި ލަންކާ އަށް ކުރާ ދަތުރުތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލަން ނިންމާފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ ލަންކާގެ ހާލަތާއި މާކެޓަށް އަންނަ ބަދަލަށް ބެލުމަށް ފަހު، އެ އެއާޕޯޓަށް އަލުން ދަތުރުތައް ފަށާނެ ދުވަހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.