27 އޭޕްރީލް 2022 (ބުދަ ދުވަހުގެ) ނިޔަލަށް 1323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކައިފިއެވެ.
އެގޮތުން މިހާތަނަށް 3638.3 ކިލޯގެ ގޮވާން ޒަކާތުގެ ގޮތުގައިވަނީ ލިބިފައެވެ.
ގޮވާމުގެ ގޮތުގައި ޒަކާތް ބަލައިގަންނަނީ ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން، އާދައިގެ ހަނޑޫ، ރަތް ހަނޑޫ، ބާސްމަތީ ހަނޑޫ (އާދައިގެ) ، ބާސްމަތީ ހަނޑޫ (މޮޅު)، ބާސްމަތީ ހަނޑޫ (އެންމެ މޮޅު) ،އަދި ފުށުގެ ބާވަތްތަކުގެ ތެރެއިން އާދައިގެ ފުށް އަދި އާޓާ ފުށުންނެވެ.
މިމަހުގެ 27 އާ ހަމައަށް ގޮވާމުގެ ބާވަތްތަކުން ޒަކާތްދައްކާފައިވާގޮތް:
އާދައިގެ ހަނޑޫ- 372 މީހުން، 892.8 ކިލޯ
ރަތް ހަނޑޫ- 11 މީހުން،26.4 ކިލޯ
ބާސްމަތީ ހަނޑޫ (އާދައިގެ)- 258 މީހުން، 619.7 ކިލޯ
ބާސްމަތީ ހަނޑޫ (މޮޅު) – 310 މީހުން، 744 ކިލޯ
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) – 312 މީހުން، 748.8 ކިލޯ
އާދައިގެ ފުށް – 44 މީހުން، 105.6 ކިލޯ
އާޓާ ފުށް – 16 މީހުން، 38.4 ކިލޯ
އޭޕްރީލް 21 އިން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަމުންދާއިރު މިމަހުގެ 30ގެ ނިޔަލަށް ގޮވާމުން ޒަކާތްދެއްކުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހޯލުގައެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00، މެންދުރުފަހު 13:00 އިން 14:30 އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށެވެ.