English Edition
Dhivehi Edition

ނަލަނަލަ ރާއްޖެ ވީޑިއޯ ޗެލެންޖުގެ މުއްދަތު އިތުރުކުރަން ނިންމައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރުގެ މުނާސަބަތުގައި، ޓިކްޓޮކަށް ޚާއްޞަކޮށް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓްގައި އިޢުލާނު ކޮށްފައިވާ މި ޗެލެންޖުގެ މަޤުޞަދަކީ އިންސްޓަގްރާމް، ފޭސްބުކް އަދި ޓިކްޓޮކް ގެ ޒަރިއްޔާއިން 50 އަހަރުފުރޭ ރަން ޔޫބީލް އަހަރުގެ ތީމްލަވަ އިޝްތިހާރު ކުރުމެވެ.

މިއީ ހުރިހާ އުމުރުފުރާއަކަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ ޗެލެންޖެކެވެ.

މިޗެލެންޖްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 60 ސިކުންތަށް ވުރެ ދިގުނޫން ވީޑިއޯއެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކް ގައި ޙިއްސާކުރާއިރު، ކޮންމެ ވީޑިއޯއެއްގައި ޗެލެންޖަށް ޚާއްޞަ ކުރެވިފައިވާ ހޭޝްޓެގްތައް ހިމަނަން ޖެހެއެވެ. އަދި މިނިސްޓްރީން ދީފައިވާ އޮފިޝަލް އެކަންޓްތައް ޓެގް ކުރަން ޖެހެއެވެ.
12 މާރިޗް އިން 30 ޖޫންގެ ނިޔަލަށް ކުރިއަށް ގެންދާ މި ޗެލެންޖާއި ބެހޭ އިތުރު މަޢުލޫމާތާއި ގައިޑްލައިން މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ ޝާއިޢު ކޮށްފައެވެ.