English Edition
Dhivehi Edition

އެސްޓީއީ އިން “ޕްލާސްޓިކް ނޫން ގޮތެއް ރިވާޑްސް” ކެމްޕެއިން ފަށައިފިއެވެ.

މިއީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު މަދުކޮށް، ބާޒާރުކުރާއިރު ފޮތިކޮތަޅު ބޭނުންކުރުން އިތުރުކުރުމުގެ މަޤުޞަދުގައި ފެށި ކެމްޕެއިނެކެވެ.

އެސްޓީއޯ އިން ބުނީ މިއީ ކެންޕެއިންގެ ދަށުން މޯލްޑިވްސް އޮތެންޓިކް ކްރާފްސްޓް ކޯޕަރޭޓިވް ސޮސައިޓީ، ޖީއީއެފް ސްމޯލް ގްރާންޓްސް ޕްރޮގްރާމް ފަންޑިންގެ ދަށުން، ޔޫއެންޑީޕީގެ އެހީތެރިކަމާއިއެކު ހިންގާ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގެ ދަށުން 500 ފޮތި ކޮތަޅު ހިލޭ ބެހުމަށް ހަމަޖެހިފައިވާ ކަމަށާއި ޕީޕަލްސް ޗޮއިސްއިން މި ކޮތަޅު ބޭނުންކޮށްގެން ވިޔަފާރިކުރުމުން މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަސްޓަމަރުންނަށް ޕޮއިންޓްސް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ. އަދި ވަކި ވަރަކަށް ވިޔަފާރިކުރުމުން ލިބޭ ޕޮއިންޓްތައް ބަދަލުވެގެންދާނީ ރިވާރޑްސް ނުވަތަ ހަދިޔާއަށް ކަމަށް ވެސް ބުންޏެވެ.