English Edition
Dhivehi Edition

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދޮވެހިއްކާ ޕްރޮމޯ ގެ ނަމުގައި މިއަދު ފެށި މި މިއަހަރުގެ ނޮވެމްބަރ 5 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ ހިޓާޗީ ބްރޭންޑްގެ ކޮންމެ މެޝިނަކުން ވެސް %10 ގެ ޑިސްކައުންޓް ލިބޭއިރު، ޕަރސިލް ބެރޭންޑްގެ ޑިޓަރޖެންޓް ތިން ފުޅި ވެސް ލިބޭނެއެވެ.

މީގެ އިތުރުން ބޮޑު އިނާމްތަކެއް ވެސް ލިބޭއިރު، ހިޓާޗީ މެޝިން ބައްލަވައިގަންނަވާއިރު، ކޮންމެ -/1،000 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ އެއްވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ފްރިޖެއް ދޭއިރު، ދެވަނައަށް ހޮވޭ ފަރާތަށް 12000 ބީޓީޔޫގެ ހިޓާޗީ އެއަރކޮންޑިޝަނަރ އެއް ދޭނެއެވެ. އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ޝަވަރ ހީޓަރ އަކާއި 32 އިންޗީގެ ހިޓާޗީ ޓީވީއެއް ދޭނެއެވެ.

މީގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ހަތް ފަރާތަކަށް ހިޓާޗީ ވެކިއުމް ކްލީނަރއެއް ލިބޭނެއެވެ.