English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ތ. ދިޔަމިގިލީ، މިސްކިތު މުދިމަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި ހަސަން ސާމިދުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު ހިނގި މި ހާދިސާގައި ވަޅިން ހަމަލާ ދީ ޒަހަމްކޮށްލާފައިވަނީ ދިޔަމިގިލީ މިސްކިތު މުދިމު އަހުމަދު ރަޝީދު އަށެވެ. އޭނާގެ ހަށިގަނޑުގެ ހަތަރު ތަނަކަށް 13 ފަހަރު ވަޅިހަރާފައިވެއެވެ.

މި ހަމަލާއާއި ގުޅިގެން އޭނާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، މާލެ ގެނެސް ދެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. މި ހަމަލާ އާއި ގުޅިގެން ރަޝީދު އަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.

އިއްޔެ، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރަޝީދަށް ހަމަލާ ދިން މައްސަލަ ނިންމައި ސާމިދުގެ މައްޗަށް ދައުވާކުރަން ޕްރޮސިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ދައުވާތަކުގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.