English Edition
Dhivehi Edition

ތ. ދިޔަމިގިލީގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި ދިޔަމިގިލީ ކައުންސިލްގެ ރައީސް އަޙުމަދު މޫސާ އެވެ.

300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ 8،811،039.97 ( އަށްމިލިޔަން އައްލައްކަ އެގާރަ ހާސް ތިރީސް ނުވަ ރުފިޔާ، ނުވަދިހަ ހަތް ލާރި) އަށެވެ.

އަންހެނުންނަށްވެސް ނަމާދުކުރެވޭ މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ 28 ޑިސެންބަރު 2021 ގައެވެ. 365 ދުވަހުގެ ތެރޭ ނިންމަން ހަވާލުކޮށްފައިވާ މި މަސައްކަތް ނިންމަންޖެހޭ ތާރީޚަކީ 21 ޖެނުވަރީ 2023 އެވެ.