English Edition
Dhivehi Edition

އެމްއެންޕީން ވިލިމާލޭ ޑަބްލިއުޑީސީ އަށް ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަގަހަ މިރޭ ހުޅުވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން ވާދަކުރަނީ އާމިނަތު ޝީޒާއެވެ.

މި ޖަގަހަ ހަދާފައިވަނީ ހުޅުމާލޭ ޝެއިޚް އަބުދުއްރަހުމާން މަގުގައެވެ. އަދި މި ޖަގަހަ ހުޅުވުމަށް ނިންމާފައިވަނީ މިރޭ 9:45 ގައެވެ.

އެމްއެންޕީން ބުނީ މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުޙައްމަދު ނާޒިމްއާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، އާންމު މެމްބަރުން ބައިވެރިވާނެ ކަމަށެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ވާދަކުރަނީ އެމްއެންޕީގެ ޝީޒާ އާއި ޕީޕީއެމްގެ ފަރާތުން ފާތިމަތު ނާޒިމާއެވެ.

މިއިންތިޚާބުގައި އެމްޑީޕީން ކެނޑިޑޭޓް ނެރުމަށް ހުޅުވާލިނަމަވެސް، މުއްދަތު ހަމަވިއިރު ކެނޑިޑޭޓަކު ކުރިމަތިލާފައި ނުވެއެވެ.

މި އިންތިޚާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުލުން މިމަހުގެ 16ވަނަ ދުވަހު ބާއްވާފައިވާ އިރު، ކެންޑިޑޭޓް ނަމްބަރު 1 ލިބުނީ ފާތިމަތު ނާޒިމާ އަށެވެ. އަދި ކެންޑިޑޭޓް ނަމްބަރު ދޭއް ލިބުނީ އާމިނަތު ޝީޒާ އަށެވެ.

މި އިންތިޚާބު އަންނަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމުމަށްފަހު، އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ މެއި 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 ބަދަލުކޮށްފައެވެ.