މާލޭގެ ގަރާޖެއްގައި އަލިފާން ރޯވެ، ގެއްލުންތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ ގަލޮޅު ނިއު ކޮލަމްބިއާ ނަމަކަށް ކިޔާ ގެއަކާ އިންވެގެންހުރި ގަރާޖެއްގައިކަމަށެވެ.
އެ ހާދިސާގެ ރިޕޯޓްކޮށް މިއަދު ހަވީރު 16:26 ހާއިރު ލިބުމުން އެމްއެންޑީއެފް ގެ އަލިފާން ނިއްވާ މީހުންގެ އެހީތެރިކަމާއެކު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ 16:53 ހާއިރުކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.
އެހެންނަމަވެސް އެ ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދިހާމައެއް ނުކުރެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވިނަމަވެސް އަލިފާނުގެ ސަބަބުން ގަރާޖުގައި ހިފައިގެންގުޅޭ ސާމާނަށާއި އިމާރާތައް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެެފް އިން ބުނެއެވެ.
މިހާދިސާގައި ގަރާޖް ކުރިމަތީ ޕާކުކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ޙާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.