English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ބަނދަރު ފޮޓޯ: ޕީއެސްއެމް

ފުވައްމުލަކުގެ ފަޅުގައި އަޅާ ސަފާރީތަކުގެ ކުޑަބޮޑު މިނަށް ބަލާ ދެ އަގަކަށް ފީ ނަގަން ނިންމި ނިންމުމަށްވެސް ޢަމަލު ކުރުން ފަސްކޮށްފިއެވެ. މިކަމާ ގުޅޭގޮތުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވަނީ ފީނެގުން މަޑުޖައްސާލުމަށް ފާސްކޮށްފައެވެ.

ފުވައްމުލައްސިޓީ ކައުންސިލުން މީގެ ކުރިންވަނީ ޢާންމުކޮށް ސަފާރީ ތަކުން ނަގަމުން އައި 50 ޑޮލަރުގެ ބަދަލުގައި ދުވާލަކު 500 ޑޮލަރުގެ ފީއެއް ނަގަން ނިންމާފަ އެވެ. ޖެނުއަރީ 12 ގައި ބޭއްވި އެކައުންސިލްގެ ޢާންމު ޖަލްސާއިން މިގޮތަށް ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާ ލިބި ޚިޔާލު ތަފާތުވެފައިވާތީ ފަހުން ވަނީ އެ އަދަދު ކުޑަކޮށް އޭޕްރީލް 21 އިން ފެށިގެން ފީނަގަން ފަށަން ނިންމާފައެވެ.

ފުވައްމުލަކުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ފީގެ ގޮތުގައި މީގެ ކުރިން ނަގަމުން ދިޔައީ 50 ޑޮލަރެވެ. އެހެން ނަމަވެސް މިދިޔަ ޖެނުއަރީ 12 ގައި ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާއިން ވަނީ އެ ފީ 500 ޑޮލަރަށް ބޮޑުކުރަން ނިންމައި މި މަހުން ފެށިގެން އެ ނިންމުމަށް އަމަލުކުރަން ފާސްކޮށްފަ އެވެ. ކައުންސިލުން ނިންމީ 100 ފޫޓަށް ވުރެ ކުޑަ ސަފާރީތަކުން ދުވާލަކަށް 150 ޑޮލަރު އަދި 100 ފޫޓަށް ވުރެ ދިގު ސަފާރީތަކުން ދުވާލަކަށް 200 ޑޮލަރު ނަގާށެވެ.

ފުވައްމުލަކު ކައުންސިލުން ކުރިން ބުނީ ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ނިންމީ އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކަމަށެވެ.

ފުވައްމުލަކަކީ ރާއްޖޭގައި އެންމެ ގިނައިން ސަފާރީތައް ބަނދަރުކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ އެއް ރަށެވެ. އާންމު ގޮތެއްގައި ދުވާލަކު އެ ރަށުގެ ބަނދަރަށް ހައެއްކަ ސަފާރީ ވަދެ އެވެ. ބައެއް ދުވަސްތަކުގައި ބަނދަރުގެ ޖާގަ ފުރުމުން، ރަށާ ކައިރީގައި ކަނޑުމަތީގައި ވެސް ގިނަ ސަފާރީތައް ބަނދަރުކޮށްފައި ބާއްވަން ޖެހެއެވެ.