English Edition
Dhivehi Edition

ރާއްޖޭގެ ސްކޫލްތަކުގެ މުދައްރިސުންނަށް މިނިސްޓްރީއޮފް އެޑިޔުކޭޝަނުން 2015 ވަނަ އަހަރު ފެށްޓެވި ބޭސިކް ފަސްޓްއެއިޑް ދަސްކޮށްދިނުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 1933 ޓީޗަރުން ތަމްރީން ކޮށްފިއެވެ.

މިއީ ސްކޫލުތަކުގެ ޓީޗަރުންނަކީ ފަސްޓް އެއިޑް ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން މިނިސްޓްރީން ހިންގަވާ ޕްރޮގްރާމެކެވެ. މަގުސަދަކީ ސްކޫލްތަކުގައި ދިމާވާ ހާދިސާ ތަކުގައި ހާނިކަވާ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސްޓްއެއިޑް ދިނުން ކަށަވަރު ކުރުން ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ފަސްޓްއެއިޑް ތަމްރީން މުދައްރިސުންނަށް ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީންވަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާއި، މޯލްޑިވިއަން ރެޑްކްރެސެނޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.