English Edition
Dhivehi Edition

ސަރުކާރު ހިންގާ ޕީޕީއެމްގެ ހަރަކާތްތަކުގައި ސަރުކާރު މުވައްޒަފުން ބައިވެރިވަނީ އެއްވެސް މަޖުބޫރުކަމެއްނެތި އެމީހުން އަމިއްލައަށް ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

އެޕާޓީގެ ނާއިބު ލީޑަރު ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ޕީޕީއެމްއިން ބާއްވާ ޖަލްސާތަކަށް ސަރުކާރު މުވައްޒަފުން ދާން މަޖުބޫރުކޮށްފައި ނުވާނެ ކަމަށެވެ. އަދި ހާޒިރުނުވާ މުއްޒަފުންނާ ދެކޮޅަށް ފިޔަވަޅު އަޅާކަމަށް މީޑިއާގައި ފަތުރަމުންދާ ވާހަކައަކީވެސް ދޮގެއް ކަމަށް އޭނާ ވިދާޅުވެފައިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ޖަލްސާއަކަށް ހާޒިރު ނުވެގެން ސަރުކާރުވިޔަސް އަދި ކުންފުންޏެއްގެ މުވައްޒަފަކަށްވިޔަސް ފިޔަވަޅު އަޅައިފައި ނުވާނެ ކަމަށެވެ. އެޕާޓީން ބާއްވާ ހަރަކާތްތަކަށްވެސް އާންމު އުސޫލުން އެންމެނަށްވެސް ދައުވަތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވެފައިވަނީ ޕީޕީއެމްގެ ޖަލްސާއަކަށް ނުގޮސްގެން ފިޔަވަޅު އަޅައިފައިވާ، ސަރުކާރުގެ މުއައްޒަފެއް ހުރިނަމަ އެކަން ޕީޕީއެމަށް އަންގައި ދިނުމަށެވެ.

ޓެގު