English Edition
Dhivehi Edition
Rawpixel/Getty Images

ކަދުރުން ރޯދަ ވިއްލުމަކީ ވަރަށް މާތް ސުންނަތެކެވެ. އެއީ ކީރިތި ރަސޫލާ ވެސް އަމަލުކުރައްވާފައިވާ ގޮތެވެ. ސުންނަތް ކަންކަން ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން ކަދުރުން ރޯދަ ވިއްލުމަށް ހާއްސަ އިސްކަމެއް ދިނުން މުހިންމެވެ. ކަދުރުން ރޯދަ ވިއްލަން ފުރުސަތު ނުލިބިއްޖެނަމަ އެންމެ ރަނގަޅީ ފެން ފޮދަކުން ރޯދަ ވިއްލުމެވެ.

އޭގެ އިތުރުން ކަ0ދުރުން ރޯދަ ވިއްލުމަކީ ވަރަށް ބޮޑު ނިއުމަތެއް ވެސްމެ އެވެ. ސިއްހީ ގޮތުން ވެސް ފައިދާ ހުރި ކަމެކެވެ. އެކަން މިހާރު ކޮށްފައިވާ އެކިއެކި ދިރާސާތަކުން ވެސް ސާބިތުވެ އެވެ.

ކަދުރުގެ މާތްކަން ކީރިތި ޤުރުއާންގައި ވެސް ބަޔާންވެފައިވެ އެވެ. އެގޮތުން އީސާގެ ފާނުގެ ރައްކާވެ ވަޑައިގެންނެވި ވަގުތުގައި އީސާގެ ފާނޫގެ މަންމާފުޅަށް އެ ވަގުތު ފަރިކޮޅެއްގެ ގޮތުގައި ކަނޑުއަޅުއްވަވާފައިވަނީ ކަދުރެވެ.

މަދީނާގައި އުފެދޭ އަޖުވާ ކަދުރަކީ އަދި ވަކިން މާތް އެއްޗެކެވެ. ރަސޫލާގެ ހަދީޘްފުޅުތަކުން އެކަން އެނގެ އެވެ. ސިއްހީ ގޮތުން ވެސް ފައިދާހުރި އޭގެ ހަތް ކަދުރު ކޮންމެ ދުވަހަކު ކައިފިނަމަ ސިހުރުން އެމީހަކު ސަލާމަތްވާނެ ކަމަށް ވެސް ރަސޫލާ ހަދީޘް ކުރައްވާފައިވެ އެވެ.

މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ އިސްލާމީ ތިލަފަތުގެ ދަރުހަކުން