English Edition
Dhivehi Edition
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް 25 ޖެނުއަރީ 2020 ވަނަ ދުވަހު ކާނިވަލް ސަރަޙައްދުގައި ވޮއިސް އޮފް ޗިލްޑްރެންގެ ފަރާތުން ބޭއްވި އިހުތިޖާޖުގެ ތެރެއިން - ފޮޓޯ: އެމްވީ ކްރައިސިސް

އައްޑޫސިޓީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އަންހެން މީހާގެ ބަޔާން ނަގައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 25 ވަނަ ދުވަހު އެ އަންހެން މީހާ ހައްޔަރު ކޮށްގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

މި މައްސަލައިގައި އަންހެން މީހާ ފްރޭމްކޮށްފައިވާކަމަށް ބުނެ އައްޑޫ ސިޓީގައި މެދު ނުކެޑި މުޒަހާރާކުރަމުން އަންނައިރު، އަންހެންމީހާ ހައްޔަރުކުރުމަށް ކޮށްފައިވާ އަމުރު ބާތިލުކުރުމަށް ވަނީ ހައިކޯޓަށްވެސް މައްސަލަ ހުށަހަޅާފައެވެ. އަދި އެއްވެސް ކުށެށްނެތި އުމުރުން ދުވަސްވީ އަންހެނަކަށް ދެމުން ގެންދާ އަނިޔާ އާއި ދެކޮޅަށް އަޑުއުފުލަމުން އަންނައިރު އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށް، ދައުލަތުގެ 5 އިދާރާއަކަށް ވަނީ ޕެޓިޝަން ވެސް ހުށަހަޅާފައެވެ.

އަންހެން މީހާ ބަންދަށް 20 ދުވަހަށްވުރެ ގިނަ ވެފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން މިއަދު ހެނދުނު އަންހެންމީހާގެ ބަޔާން ނަގާފައިވަނީ، މާލެއިން ހުޅުމީދޫއަށް ދިޔަ ޓީމަކުންނެވެ.