English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްޞީލެއް ހާމައެއް ނުކުރައްވައެވެ.

ރައީސްގެ ދެކަނބަލުން ވަނީ ދާދިފަހުން ވެސް ސިންގަޕޫރަށް ވަޑައިގެންފައެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ ތައިރޮއިޑް ފަރުވާއަށެވެ. އަދި އެފަހަރު ވަނީ ތައިރޮޑް އޮޕަރޭޝަން ވެސް ކުރައްވާފައެވެ.
ފަރުވާއަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ.