English Edition
Dhivehi Edition
ބްލޫބެރީ މޮހީޓޯ/ ފޮޓޯ: ގޫގަލް

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “މޮހީޓޯ” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި: (1 ތަށްޓަށް)

3 މިންޓްފަތް

1/2 އައުންސް ބްލޫބެރީ ސިރަޕް

2 އައުންސް ސްޕްރައިޓް

3/4 ލުނބޯ ޖޫސް

ގާނިޝް ކުރުމަށް: މިންޓް ފަތްކޮޅެއް، އައިސްކިއުބް އަދި ލުނބޯ ފޮތި ތުނިކޮށް ކޮށާފައި

ތައްޔާރުކުރާނެގޮތް:

މިންޓްފަތް އަދި ސިރަޕް، ޝޭކަރ އަށް އަޅާފައި ހަލުވާލާށެވެ. ދެން މީގެ ތެރެއަށް ލުނބޯ ޖޫސް އަދި އައިސް ކިއުބް އަޅާފައި އިތުރަށް ހަލުވާލާށެވެ. ތަށްޓެއް ނަގާފައި ތަށްޓަށް ތައްޔާރު ކުރި ބްލޫބެރީ މޮހީޓޯ އަޅާފައި އޭގެ ތެރެއަށް އައިސްކިއުބް، ލުނބޯ ފޮތިތައް، މިންޓް ފަތް އަޅާފައި މައްޗަށް ސްޕްރައިޓް ފޮދު އަޅާފައި ސާރވްކުރާށެވެ.