English Edition
Dhivehi Edition

ދެކުނުގެ އަތޮޅުތަކަށްމަސްވެރިކަން ރަނގަޅުވެ ގިނަ އަދަދަކަށް މަސްބާނާފައިވާ ދޯނިތަކުގެ ކެޔޮޅުންނާއި ފަޅުވެރިން ކޫއްޑޫގައި މުޒާހަރާކުރަން ފަށައިފިއެވެ.

ފޭސްބުކް ޕޭޖް ”ފަރެސްމާތޮޑާ މަސްވެރިން“ މި ޕޭޖްގެ ލައިވްއިން ފެންނަގޮތުގައި ގއ. ކޫއްޑޫ މަސްކާރުޚާނާގެ އޮފީސް ކުރިމަތީގައި ހިނގަމުންދާ މުޒާހަރާގައި މަސްވެރިންގެ ފަރާތުން ވާހަކަ ދައްކަވަނީ ފަރެސްމާތޮޑާ ”ސަފީނާ” ދޯނީގެ ކެޔޮޅު ހުސައިން މަނިކުއެވެ. ކެޔޮޅުގެ ވާހަކާގައި އެތާތިބި ގިނަ ދޯނިފަހަރުގައި ގިނަ އަދަދަކަށް މަސް ހުރި ވާހަކައާއި މަސް ކިރެނީ ދުވާލަކަށް ދޯންޏަކުން 5 ޓަނުގެ މަސް ކަމަށާއި، މިގޮތަށް މަސްކިރުމުން ގެއްލުން ލިބޭކަމަށް ހުސައިން މަނިކު ވިދުވިއެވެ.

އަދި މި މައްސަލައަށް ކޫއްޑޫ މެނޭޖްމަންޓުން އެއްވެސް އެއްޗެއްނުބުނާ ކަމަށާއި، އެއިންމީހަކު މަސްވެރިންގެ ޝަކުވާތައް އަހަން ބޭނުންނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ރޭ އިރާކޮޅުން ފެށިގެން ކުރިޔަށްދާ މި މުޒާހަރާގައި އަދި އެއްވެސް ޖަހަލަ ހަމަނުޖެހުމެއް ހިންގާފައި ނުވެއެވެ. އަދި ދިވެހި ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވާއިރު ކަމާ ބެހޭ އެއްވެ އިދާރާއަކުން އަދި މަސްވެރިކަމާބެހޭ ވުޒާރާއިންވެސް މިކަމަށް އަދި މިހާތަނަށް ލުޔެއް ހޯދައިދީފައި ނުވެއެވެ.