English Edition
Dhivehi Edition

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯގެ) އެމްޑީ އަދި ސީއީއޯގެ މަގާމަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު އައްޔަންކޮށްފި އެވެ.

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯގެ މަގާމަށް ފަރުޙަތު ޝަޙީރު އައްޔަންކުރައްވާފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ހާމަކުރައްވާފައެވެ. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރުވަނީ ކުރިން އައިޖީއެމްއެޗްގެ ސީއޯކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ފަރުހަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އެވެ. އޭނާ ސިފައިންގޭގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2012 ވަނަ އަހަރު އެވެ. އޭނާ ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، 29 ފެބްރުއަރީ 2012ގައެވެ.

މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އިއްޔެ ވަކިކުރުމާ ގުޅިގެންނެވެ. އޭނާ އަކީ މިފްކޯގެ ތާރީހުގައި ސީއީއޯގެ މަގާމު އަދާކުރެއްވި ހަމައެކަނި ބިދޭސީ ސީއީއޯ އެވެ.