English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އާއިލާގެ ކުދި ބޮޑު އެންމެނަށް ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ

ކަރާ މިލްކް ޝޭކް:
ބޭނުންވާ ތަކެތި:
400ގްރާމް ކަރާ
250 އެމް އެލް. އައިސް ކިރު
5 ގްރާމް ބެސިލް ސީޑް(އިސްބަޣޫލު )
100 ގްރާމް ހަކުރު
03 ސައިސަމްސާ ރޯސްސިރަޕް.

ތައްޔާރު ކުރާނެ ގޮތް:
ކަރާ ކުދިކޮށް ކޮށާފަ، އޭގެ ތެރެއަށް އައިސް ކިރު،ހަކުރު،އިސްބަޣޫލު އަދި ރޯސްސިރަޕް އެޅުމަށްފަހު ބްލެންޑަރ އިން ރަނގަޅަށް އެއްވަންދެން ގިރާލާނީއެވެ. ގިރާލުމަށްފަހު ތައްޓަށް އެޅުމަށްފަހު ކަރާކޮޅަކުން ގާނިޝް ކުރުމަށްފަހު ސަރވް ކޮއްލާނީއެވެ.