English Edition
Dhivehi Edition

ގދ. ރަތަފަންދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް އަނެއްކާވެސް ހުޅުވާލައިފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ހުޅުވާލި މި ފުރުޞަތު އަނެއްކާ ވެސް މި ހުޅުވާލީ ފުރަތަމަ ކުރި އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ނުލިބުމުންނެވެ.

މުބާރާތެއްގެ ސިފައިގާ ކުރިއަށް ގެންދާއިރު، މި މުބާރާތުގެ ލޯގޯތައް ހުށަހުޅެމުގެ ސުންގަޑިއަކީ މި އެޕްރީލް މަހުގެ 12 ވަނަ ދުވަހުގެ މެންދުރު އެކެއް ޖަހަންދެންނެވެ.

އެއްވަނައަށް ހޮވޭ ލޯގޯއަށް 5,000 ރުފިޔާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު، މި ލޯގޯ ފަރުމާ ކުރަން ޖެހެނީ ފެހި، ވިލުނޫ، ރަތް އަދި ހުދު ކުލައިގެ ޝޭޑްތަށް ބޭނުންކޮށްގެންނެވެ. އަދި ހުށަހަޅާ ލޯގޯގައި އެރަށުގެ މަސައްކަތްތެރިކަމާއި ތާރީޚާއި ޘަގާފަތް ރަމްޒުކޮށްދިނުމަށް އެކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް ލޯގޯ ފަރުމާކުރުމާއި ހުށަހެޅުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް ރަތަފަންދޫ ކައުންސިލްގެ އިއުލާނާއެކު އެއްކަރުދާސްވަނީ ކޮށްފައެވެ.