English Edition
Dhivehi Edition
ފޮޓޯ: އޭއޯ ނިއުސް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް ލުނބޯ އެތެރެކޮށް ވިއްކަން ފަށައިފިއެވެ.

އެ ކުންފުނިން ލުނބޯ އެތެރެކޮށް ވިއްކަން ފަށާފައި މިވަނީ މި ރަމަޟާން މަހު ރާއްޖޭގެ ބާޒާރުގައި ލުނބޯ ލިބުން ދަތިވެ، އަގު އުފުލިފައިވާ ދަނޑިވަލެއްގައެވެ.

އެސްޓީއޯ އިން ބުނީ ޕީޕަލްސް ޗޮއިސް އާއި އެގްރިސެންޓަރުން ލުނބޯ ވިއްކަން ފަށާފައިވާ ކަމަށެވެ. އަދި ލުނބޯ ވިއްކާނީ ކިލޯއެއް 45 ރުފިޔާއަށް ކަމަށެވެ.

“މިވަގުތު ލުނބޯ ވިއްކާނީ ލިމިޓުކޮށް. ރާއްޖެއަށް ލުނބޯ އެތެރެކޮށް ވިއްކަން މިފެށީ މި ރޯދަމަހު ރާއްޖެއިން ލުނބޯ ލިބުމަށް ދަތިތަކަކާއި ކުރިމަތި ވެފައިވާތީ.” އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ އެގްރިސެންޓަރުން ވިއްކާނީ މީހަކަށް ތިން ކިލޯ ކަމަށާއި ޕީޕަލް ޗޮއިސްއިން މީހަކަށް ވިއްކާނީ އެއް ކިލޯ ލުނބޯ ކަމަށެވެ.